ތިން މީހުންނާއެކު ހުޅުލެއަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ކަނޑުއޮތްގިރި ކައިރި ފަރަކަށް އަރައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ، "ނިޔާމަ" ނަމަކަށް ކިޔާ އެ ދޯންޏަކީ ކ. ހިންމަފުށިން ފުރައިގެން ހުޅުލެއަށް ދަތުރު ކުރަމުންދިޔަ 40 ފޫޓުގެ ދޯންޏެއް ކަމަށެވެ.
ދޯނި ފަރާސް އެރިއިރު އޭގައި ތިބީ ދިވެއްސަކާއި ދެ ބިދޭސީން ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
މިރޭ 7:14 އެހާކަންހާއިރު އެ ދޯނި ކަނޑުއޮތް ގިރި ފަރާށް އެރުމުން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓް ގާޑު ސްކޮޑްރަންގެ ޑައިވަރުން މިހާރު ގެންދަނީ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސައިޓުގައި ހަރަކާތްތެރިވަމުންނެވެ.