އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ސެކްރެޓެރީ (ޕީއޭ) ސަސްޕެންޑް ކުރަން ނިންމައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީގެ ޕީއޭ އާތިކާ އިބްރާހިމް ސަސްޕެންޑް ކުރަން ނިންމީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ.
ނަމަވެސް އޭނާ ސަސްޕެންޑްކުރަން ނިންމީ ވަގުތީ ގޮތުންނެވެ. އެއީ ޑީޖޭއޭއިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެންނެވެ. މާދަމާއިން ފެށިގެން އާތިކާ ސަސްޕެންޑް ކުރަން ނިންމީ ތަހުގީގު ނިންމައި ޑީޖޭއޭއިން ވަކިގޮތެއް އަންގަންދެންނެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ ޑީޖޭއޭގެ މަސައްކަތަށް ހުރަސްއަޅާ ކަމަށް ބުނާ މައްސަލަތަކެއް ޖޭއެސްސީން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.