ޚަބަރު

އަންނަ އަހަރަށް 41 މިލިޔަ ރުފިޔާގެ ބަޖެޓެއް ބޭނުންވޭ: އޭސީސީ

އިބްރާހިމް ޒަކީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މަސައްކަތްތައް ރަނގަޅަށް ކުރިއަށް ގެންދަން އަންނަ އަހަރަށް 41 މިލިޔަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށް އެ ކޮމިޝަންގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އޭސީސިއަށް ކަނޑައަޅާފައިވާ ބަޖެޓާއި އެ މުއައްސަސާގެ މަަސައްކަތްތަކާ ގުޅޭގޮތުން ބަޖެޓް ދިރާސާ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ޝިއުނާ ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރު ވެސް އެ މުއައްސަސާއަށް ލިބުނީ ބޭނުންވެގެން ހުށަހެޅި ބަޖެޓުގެ 25 ޕަސެންޓު މަދުން ކަމަށެވެ. ހަމަ އެގޮތަށް މިއަހަރު ވެސް ހުށަހެޅު ބަޖެޓަށްވުރެ މަދުން، ބަޖެޓުގައި ހިމަނާފައިވަނީ 32.8 މިލިޔަން ރުފިޔާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެކޮމިޝަނުން ބޮޑަށް ފެންނަނީ ތަހުގީގީ އިދާރާއަކުން ކުރުމުންދާ މަސައްކަތް ނަމަވެސް އެތަނުން ކުރަނީ ހަމައެކަނި ތަހުގީގު ކުރުން ނޫން ކަމަށެވެ. އެގޮތުން ހިއުމަން ރައިޓްސް އެޖެންސީ ތަކަކީ 50 ޕަސެންޓް ތަހުގީގަށް އަނެއް 50 ޕަސެންޓް މަސައްކަތް ޕްރިވެންޝަންއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ތަންތަން ކަމަށްވީ ނަމަވެސް މިހާތަނަށް އައި އިރުވެސް ޕްރިވެންޝަނަށް މާބޮޑު އަހައްމިއްޔަތެއް ބަޖެޓުގައި ދީފައިނުވާ ކަމަށް ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވި ގޮތުގައި އަންނަ އަހަރަށް ލަފާކޮށް އެޗްއާރުސީއެމުން ހުށަހެޅި ބަޖެޓް އެލޮކޭޓް ވެފައިވަނީ އެ ކޮމިޝަނުން މިހާރު ކުރިއަށްގެންދަން ބޭނުންވާ ޑައިރެކްޝަަނަކުން ނޫނެވެ. އެއީ އަންނަ އަހަށް ހުށަހަޅާފައިވާ ބަޖެޓުގެ ގިނަ ކަންތައް ނިންމާފައިވަނީ އެ ކޮމިޝަންގައި ކުރިން ތިއްބެވި މެންބަަރުން ކަމަށްވާތީ ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން އަންނަ އަހަރު އެ ކޮމިޝަންގެ މަސައްކަތް ރަނގަޅަށް ގެންދިއުމަށް 41 މިލިޔަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ އޭނާ ވިދާޅުވިއެވެ.

އޭސީސީގައި މިހާރު ތިއްބެވި މެންބަރުން އެ ކޮމިޝަނަށް އައްޔަން ކުރީ ސެޕްޓެމްބަރު މަހުގައެވެ.