މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތާ ގުޅިގެން ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފޮރިންސިކް އޮޑިޓެއް ކުރުމަށް ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ބީއެމްއެލްގެ އެ އޮޑިޓް ހެދުމަށް ހަވާލުކުރީ ޑިލޮއިޓް ސިންގަޕޯ ނަމަކަށް ކިޔާ، ބައިނަލްއަގުވަމީ ފެންވަރެއްގައި ބަލައިގަނެއްގައިވާ ކޮންސަލެންޓެންސީ ފާމަކާއެވެ. އެ ކުންފުންޏަކީ 150 އަށް ވުރެ ދިގު މުއްދަތަކަށް ފައިނޭންސް ދާއިރާގެ ފޮރިންސިކް އޮޑިކް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ.
ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނިން ގާނޫނާއި ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށެވެ. އަދި އެކި އޮޑިޓުތަކުން އެނގުނު މައުލޫމަތުގެ އަލީގައި އެމްއެމްޕީއާރުސީ މައްސަލައިގައި ބޭންކު ފެއިލްވި ކަމަށް މިހާތަނަށް ދައްކާފައިނުވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.
ނަމަވެސް ބޭންކުގެ ފޮރެންސިކް އޮޑޓެއް ކުރަން ސިންގަޕޫރުގެ ޑެލޮއިޓް ސިންގަޕޯއާ ހަވާލުކުރީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގެ ތަހުގީގުތައް މިހާރު ވެސް ކުރިއަށްދާއިރު، އެ މައްސަލައިގައި ނުހިމެނޭ މިނިވަން ކުންފުންޏަކުން ބޭންކުގެ ޓްރާންސެކްޝަންތައް ތަހުގީގުކޮށް، އޮޑިޓް ކުރުމަކީ ބީއެމްއެލް އަދި ދިވެހި ގައުމަށް ވެސް މުހިއްމު ކަމެއް ކަމަށް ކުންފުނީގެ ބޯޑު މެމްބަރުންނަށް ފެންނާތީ ކަމަށެވެ.
ބީއެމްއެލް އިން ބުނީ، ޑިލޮއިޓް ސިންގަޕޫރު ކުންފުނިން މައިގަނޑު ގޮތެއްގައި ކުރާނެ މަސައްކަތަކީ އެމްއެމްޕީއާރުސީ އަދި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ ޓްރާންސެކްޝަންތައް ބަލައި، ތަހުގީގު ކުރުމެވެ.
އެއީ އެންޑޯސް ކޮށްފައިވާ ޗެކުތައް ހިމެނޭ ގޮތަށް، ރިޕޯޓު ކޮށްފައިވާ އަދި ތަނާއި ގަޑި ހިމެނޭ ގޮތަށް ކޮންޓްރޯލް ޕްރޮސީޖާއާއެކު ކަމަށާއި އަދި ބީއެމްއެލްގެ މިހާރުގެ އެކި ޕިލޮސީތައް ބައިނަލްއަގުވާމީ މިންތަކާ އަޅާކިޔައި، އިވަލުއޭޓް ކުރާނެ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.