ބ.މާޅޮހު މެޖިސްޓްރޭޓް ކޯޓު ރޭގެ ވަގުތެއްގައި ފަޅާލައި ވައްކަންކޮށްފިއެވެ.
ފުލުހުން ބުނީ ރޭގެ ވަގުތެއްގައި މާޅޮހު ކޯޓު ފަޅާލާފައިވާކަން މިއަދު 11:20 ގައި ފުލުހަށް ހުށަހަޅާފައިވާކަމަށެވެ.
މިހާތަނަށް ބެލިބެލުމުން ކޯޓު ފަޅާލުމަށްފަހު ކޯޓު ތެރެއިން ލެޕްޓޮޕަކާއި ތިޖޫރީ ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ތިޖޫރީގައި ގާތްގަނޑަކަށް 6000 ރުފިޔާ ހުންނާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.