ޚަބަރު

ޔޫއޭއީ ގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އޮފިޝަލް ވެބްސައިޓް ލޯންޗުކޮށްފި

އާނިފާ ހުސެއިން ސިރާޖް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އޮފިޝަލް ވެބްސައިޓް ލޯންޗުކޮށްފިއެވެ.

މި ވެބަސައިޓް ލޯންޗުކޮށްދެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ.

އެގޮތުން މި ވެބްސައިޓުން އެމްބަސީ މެދުވެރިކޮށް، ރާއްޖެއާއި ޔޫއޭއީއަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ބޭނުންތެރި މައުލޫމާތު ލިބިގެންދާނެ ކަމަށް އެފަރާތުން މައުލޫމާތުދެއެވެ.

ރާއްޖެއާއި ޔޫއޭއީ އާ ދެގައުމުގެ ގުޅުން ރަސްމީކޮށް ބަދަހިވެގެން ދިޔައީ 1978 ވަނަ އަހަރުއެވެ. ރާއްޖެއިން ޔޫއޭއީ އަށް ފުރަތަމަ ކަނޑައެޅުއްވި ސަފީރު، އަހުމަދު ރަޝީދު ސަފީރުކަމަށް އައްޔަން ކުރެވުނީ 2012 ވަނަ އަހަރުއެވެ.

ރާއްޖެއިން މިވަގުތު ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޑރ.ހުސައިން ނިޔާޒު ސަފީރުކަމަށް އައްޔަން ކުރެއްވީ 2017 ވަނަ އަހަރުއެވެ.