މުހައްމަދު އައުޒަމް
ސޯލާސިސްޓަމްގެ އެންމެ ކުޑަ ޕްލެނެޓް މާކިއުރީ މާދަމާ އިރު ހުރަސްކުރާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައްބަޔަކު ދަނީ މިމަންޒަރު ބެލުމަށް ތައްޔާރު ވަމުންނެވެ.
ދުނިޔެއާއި އިރާއި ދެމެދުން މާކިއުރީ ހުރަސްކުރާނެކަމަށް ބެލެވެނީ މާދަމާ ޖީއެމްޓީ ގަޑިން 12:34 ކުން ފެށިގެންނެވެ. އެއީ ރާއްޖެ ގަޑިން ހަވީރު 05:34 ކުން ފެށިގެން ނެވެ. މާކިއުރީ އިރު ހުރަސްކޮށް ނިމޭނީ ޖީއެމްޓީ ގަޑިން 18:04 ގައެވެ. އެއީ ރާއްޖެ ގަޑިން ރޭގަނޑު 11:04 ގައެވެ.
" ވަން އޮންލައިން " އަށް މައުލޫމާތު ދެމުން މޫސުމާބެހޭ ގައުމީ އިދާރާގެ އެސިސްޓަންޓް މީޓިރިއޮލޮޖިސްޓް ހުސައިން ވަހީދު ބުނީ ދުނިޔެއާއި އިރާއި ދެމެދުން މާކިއުރީ ހުރަސްކުރާ މަންޒަރު ރާއްޖެއަށް ހަވީރު 05:34 ހާއިރު ފެންނާނެކަމަށެވެ.
މާދަމާގެ މޫސުން ދައްކަނީ ރަނގަޅު ކަމަށް، އެހެންކަމުން މާކިއުރީ ޓްރާންސިޓް ރާއްޖެއަށް ފެންނާނެ .އެކަމަކު ރާއްޖެއަށް ފެންނައިރު ހުންނާނީ އިރު އޮއްސެން ކައިރިވެފަ. އެހެންކަމުން ރާއްޖެއަށް ފެންނާނީ ވަރަށް ކުޑަ ވަގުތުކޮޅަކަށްހުސެއިން ވަހީދު
މާކިއުރީ މާދަމާ އިރު ހުރަސްކުރާއިރު މިމަންޒަރު ސާފުކޮށް ފެންނާނީ އެމެރިކާ ސަރަހައްދާއި އެފްރިކާގެ އިތުރުން ޔޫރަޕް، އޭޝިއާ އަދި އެންޓާޓިކާގެ ބައެއް ސަރަހައްދު ތަކަށެވެ.
ދުނިޔެއާއި އިރާއި ދެމެދުން މާކިއުރީ ހުރަސްކުރާ މަންޒަރު ބެލުމަށް އެތައްބަޔަކު ކެތް މަދުވެފައިވާއިރު މިމަންޒަރު އެކި ޕްލެޓްފޯމްތަކުން ފެންނާނެއެވެ. އެގޮތުން އެ މަންޒަރު އޮންލައިންކޮށް ވަގުތުން ވެބްކާސްޓުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އެންމެ ފަހުން މާކިއުރީ އިރު ހުރަސްކޮށްފައިވަނީ 2016 ވަނަ އަހަރުގައެވެ. އެއަހަރުވެސް ވަނީ ދުނިޔޭގެ ބޮޑު ސަރަހައްދަކަށް މިމަންޒަރު ފެނިފައެވެ. މާދަމާ އަށްފަހު ދެން މާކިއުރީ އިރު ހުރަސްކުރާނެކަމަށް ބެލެވެނީ 13 އަހަރުފަހުން 2023 ވަނަ އަހަރުއެވެ.