އަންނަ 2020 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓްގެ ތެރެއިން، އިތުރު ކަންތައްތަކެއް ކުރަން އަމާޒު ހިފާނަމަ ބަޖެޓް އޯވަ ހީޓްވެ އިކޮނިމީ އޯވަ ހީޓްވެ އިގުސޯދު ކްރޭޝް ވުމަކީ އެކަށީގެންވާކަމެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގައި ބަޖެޓްގައި ހިމަނާފައިވާ ކަންތައްތައް މެންބަރުންނަށް އޮޅުން ފިލުއްވައި ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ބަޖެޓް ޕްރޮސެސް މުޅިން ހިންގާފައި ވަނީ، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން، ޖަރީރާ ރާއްޖެ މެނިފެސްޓޯގެ ތެރޭގއި ހިމެނޭ ވައުދު ތަކުއް ފުއްދޭގޮތަށް ކަމަށެވެ.
"ބަޖެޓް ޕްރޮސެސް މުޅިން ހިންގާފައި މިވަނީ، ސަރުކާރުުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން، ޖަރީރާ ރާއްޖެ މެނިފެސްޓޯގެ ތެރޭގައި ހިމެނިފައިވާ ވައުދުތަކުގެ ގޮތުގައި ހިމެނޭ އިންސާފު، ފަހުރުވެރި އާއިލާ، ނޫ އިގުތިސާދު، ޖަޒީރާ ދިރިއުޅުމުން، އޯގާތެރި ސަރުކާރު، މިކަންތައްތަކަށް އަޅުގަނޑު މެންގެ ޓާމުގެ ތެރޭގައި ހިމަނާފައިވާ ވައުދުތައް ފުއްދޭނެ ގޮތަކަށް ބަޖެޓްގައި ހިމަނާފަ" މިނިސްޓަރު ވިދާާޅުވިއެވެ.
ބަޖެޓުގައި ޕަބްލިކް އިންވެސްޓްމަންޓް ޕްރޮގްރާމްތައް ރޭވިފައިވަނީވެސް އެގޮތަށް ކަމަށާއި، ޕްރައިވެޓް ސެކްޓަރ އެކްޕެންޝަނަށްވެސް ބަޖެޓްގައި މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މި ބަޖަކީ އެކްސްޕެންޝަނަރީ ފިޒިކަލް ޕޮލިސީއެއް، ބަޖެޓުން ތަސައްވުރު މިކޮށްދެނީ، އޭގެ މާނައަކީ މިހާތަނަށް ނުހިންގޭވަރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމެއް، މީގެން ތަސައްވުރު އެބަކުރޭ، ސަރުކާރުގެ ހަރަދުތައް ޕީއެސްއައިޕީ އަދި އެހެނިހެން ކަންކަމަށް ވެސް ބޮޑުވެގެން އެބަދޭ، ބަޖެޓްގައި ޕްރައިވެޓް ސެކްޓަރ އެކްޕެންޝަނަށްވެސް މަސައްކަތް ކޮށްފަވާނެ، އެގޮތުން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދިނުމަށް 400 މިލިޔަން ރުފިޔާ ވާނީ ބަޖެޓް ކުރެވިފަ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ބޭނުންވާ ހުރިހާކަމެއް އެއް އަހަރުތެރޭގައި ބަޖެޓް ކުރެވިގެން ހާސިލް ކުރެވޭގޮތަށް ބަޖެޓެއް ނުހެދޭނެ، ކަމަށެވެ. އެއީ ރިސޯސް އަކީ ލިމިޓެޑް އެއްޗެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ޓެކްސް އާއި ނޮން ޓެކްސް ރެވެނިއު އަދި ހިލޭ އެހީ ލައިގެން އަޅުގަނޑުމެންގެ އާމްދަނީ އަކީ 29.9 ބިލިޔަން ރުފިޔާ، އަޅުގަނޑުމެން ހުށަހަޅާފައި ވަނީ 37.5 ބިލިޔަން ރުފިޔާ، އެހެންވީމަ އަޅުގަނޑުމެނަށް އެކްސް ޕެންޝަނަރީ ފިޒިކަލް ޕޮލިސީއެއް ވެސް ހިންގޭނެ އެންމެ ބޮޑު ޖާގައެއް މި ބަޖެޓުން އެބަ ލިބޭ، އިތުރު ކަންތައްތަކެއް ކުރަން އަޅުގަނޑުމެން ބަޖެޓްގެ ތެރެއިން އަމާޒު ހިފާނަމަ އޭގެ ތެރެއިން ބަޖެޓް އޯވަ ހީޓްވެ އިކޮނިމީ އޯވަ ހީޓްވެ އިގުސޯދު ކްރޭޝް ވުމަކީވެސް އެކަށީގެންވާކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އިގުތިސާދު ފުޅާ ކުރަން ބަޖެޓް އޮތް ގޮތަށް ތަންފީޒު ކުރަން މަސައްކަތް ކުރުމުން މުހިއްމު ކަމަށެވެ.