މުހައްމަދު އައުޒަމް
15 އަހަރުވަންދެން ޗައިނާ މީހެއްގެ ސިކުނޑި 12 ސެންޓިމީޓަރުގެ ފަންޏެއް ކަަމުންދަނިކޮށް ސަލާމަތްކޮށްފިއެވެ.
ޗައިނާގެ ގުއަންގްޑޮން އަށް އުފަން ވަންގް ލެއި އަށް ސިއްހީ ގޮތުން އުނދަގޫ ވާން ފަށާފައިވަނީ 2007 ވަނަ އަހަރުގައި ކަމަށް އެގައުމުގެ މީޑިއާތަކަށް ދިން އިންޓަވިއުގައި އޭނާ ބުނިއެވެ. ވަންގްގެ ހަށިގަނޑުގެ ވައަތްފަރާތް އައްސި ވުމާއި ބޮލަށް އެނބުރުން އަރާތީ އޭނާވަނީ އެތައް ޑޮކްޓަރުންނަކަށް ދައްކާފައެވެ. އެންމެންވެސް ބުނަމުން ދިޔައީ ވަންގްގެ ސިކުނޑީގައި ޓިއުމަރެއް ހުރިކަމަށެވެ. އަދި އެކަމަށް ފަރުވާ ފެށުމަށް ޑޮކްޓަރުން ވަނީ އޭނާއަށް އަންގާފައެވެ.
ވަންގްގެ ސިއްހީ ހާލަތު ބޮޑަށް ގޯސްވާންފެށީ މިދިޔަ އަހަރުއެވެ. ލޯމައްޗަށް އަނދިރިވެ އަނބުރާގަނެ ވެއްޓޭގޮތް ވާންފެށިއެވެ. މިއުނދަގޫ ކުރިމަތިލާން ފެށުމުން ވަންގް ވަނީ އެސިޓީގެ ސިކުނޑީގެ ހާއްސަ ޑޮކްޓަރަކަށް ދައްކާފައެވެ. އަދި ހެދި ޓެސްޓުތަކުން ދެއްކީ ވަންގްގެ ސިކުނޑީގައި “ޓޭޕް ވޯމް”އެއް އުޅެމުންދާކަމަށެވެ. އަދި މިފަނި ދިޔައީ ވޭތުވެދިޔަ 15 އަހަރު ވަންގްގެ ސިކުނޑި މަޑުމަޑުން ކަމުންކަމަށް ޑޮކްޓަޜުން ވަނީ ބުނެފައެވެ.
“ޓޭޕް ވޯމް”ވަންގްގެ ސިކުނޑީގެ ބައެއް ޓިޝޫތައް ކައިފައިވާކަމަށް ސްކޭނުން ދެއްކުމުން ޑޮކްޓަރުން ވަނީ ވަގުތުން އޮޕަރޭޝަން ކޮށްފައެވެ. ދެގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު ވަންގްގެ ސިކުނޑިން ވަނީ މިފަނި ނަގާފައެވެ. އަދި ސިކުނޑިއަށް ލިބިފައިހުރިގެއްލުމަށް ފަރުވާދޭން ފެށިގެންދިޔައެވެ.
“ޓޭޕް ވޯމް” ފަންޏަކީ ޖަނަވާރުންގެ ގައިން ފެންނަ އާންމު ފަންޏެކެވެ. އަދި ރައްކާތެރި ނޫންގޮތަށް ހުންނަ ފެނުގައިވެސް “ޓޭޕް ވޯމް”ހުންނަ ކަމަށްވެއެވެ.