ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ބާއްވާ ޓެކްސްޓާސް ސްޓާޓަޕް ވީކެންޑް (ޓީއެސްޑަބްލިއު) އަންނަ ހަފްތާގެ ހުކުރު ދުވަހު ބާއްވަން ނިންމައިފިއެވެ.
ދިރާގާއި ސްޕާކްހަބް އިން އިންތިޒާމުކުރާ މި ހަރަކާތަކީ ގޫގުލްއާ ގުޅިގެން ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރާ އިންޓަނޭޝަނަލް ނެޓްވޯކެއް ކަމަށްވާ ޓެކްސްޓާސް ގުލޯބަލް އިން ރާއްޖޭގައި ބާއްވާ ހަރަކާތެކެވެ.
މި ނެޓްވޯކުން ދުނިޔޭގެ 150 ގައުމެއްގައި މި ހަރަކާތް ހިންގާއިރު، މިއީ ރާއްޖޭގައި އެ ހަރަކާތް ޖެހިޖެހިގެން ހިންގާ ތިން ވަނަ އަހަރެވެ.
މި ހަރަކާތުން ޒުވާން ވިޔަފާރިވެރިންނަށް ވިޔަފާރީގެ ދާއިރާގައި ކުރިއަރާ ދިއުމަށް ބޭނުންވާ މުހިންމު މައުލޫމާތު ތަކެއް ލިބިދޭނެ ވިޔަފާރީގެ ހުނަރު ތަރައްގީ ކޮށްދެވިގެންދާނެއެވެ.
އެގޮތުން 54 ހަތަރު ގަޑިއިރަށް ކުރިއަށް ގެންދާ މި ހަރަކާތުގައި ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކާއި ޑިވެލޮޕަރުންނާއި ޑިޒައިނަރުންގެ އިތުރުން އަލަށް ފަށާފައިވާ ވިޔަފާރިތަކުގެ އިސް ފަރާތްތައް ބައިވެރިވެ ވިޔަފާރީގެ ދާއިރާގައި ހުރި ހިޔާލުތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، އެ ހިޔާލުތައް ހަގީގަތަކަށް ހެދުމަށް ވިޔަފާރީގެ މޮޑެލް ތައްޔާރުކޮށް ހުށަހަޅައިދޭނެއެވެ.
އޭގެ އިތުރުން އެ ހަރަކާތުގެ ބައިވެރިންނަށް ވިޔަފާރީގެ ދާއިރާގައި ނަމޫނާ ފަރާތްތަކާއި ބިޒްނަސް ކޯޗުންނާއި އަދި ދިރާގު އަދި އިންޑަސްޓްރީގެ ތަޖުރިބާކާރު މެންޓަރުންނާ ބައްދަލުކޮށް އެ ފަދަ މީހުންގެ އިރުޝާދުގެ ލިބިގެންދާނެއެވެ. އަދި ހިއްސާކުރެވޭ ހިޔާލުތަށް ވިޔަފާރީގެ އަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތްވެސް ބައިވެރިންނަށް ކިޔާ ދެވިގެންދާނެއެވެ.
ދިރާގާއި ސްޕާކުހަބް ގުޅިގެން ޒުވާނުންގެ މެދުގައި ސްޓާޓަޕް ސަގާފަތެއް ބިނާ ކުރުމަށް މުހިންމު މަސައްކަތްކެއް ކުރިއަށްގެންދެއެވެ.
އެގޮތުން ރާއްޖޭގައި އަލަށް ލީން ސްޓާޓްއަޕް މެޝިން ތައާރަފް ކޮށްފައިވާއިރު، ރާއްޖޭގެ ފުރަތަމަ އިންޓަނޭޝަނަލް ހެކަތޯންކަމަށްވާ "އޭންޖަލް ހެކް" އާއި ސްޓާޓް އަޕް ގްރައިންޑުގެ އެކްސް ސީރީސް ވެސް ވަނީ ބާއްވައިފައެވެ.