ޚަބަރު

ސިންގަޕޫރަށް ދިއުމަށް ބޭނުންވާ އެރައިވަލް ކާޑު މިހާރު އޮންލައިންކޮށް ހުށަހެޅޭނެ

އާނިފާ ހުސެއިން ސިރާޖް

ސިންގަޕޫރަށް ދިއުމަށް ބޭނުންވާ އެރައިވަލް ކާޑުމިހާރު އޮންލައިންކޮށް ހުށަހެޅޭނެ ކަމަށް އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނެފިއެވެ.

ކުރިން އެރައިވަލް ކާޑު ފުރައި ހުށަހަޅަން ޖެހެނީ ކަރުދާހުން ނަމަވެސް މިއަހަރުގެ ބޮޑުޗުއްޓީއާ ދިމާކޮށް ޓްރެވަލް ކުރަން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަ ވާނެ ގޮތަށް، އެރައިވަލް ކާޑު އޮންލައިންކޮށް އެޕްލައި ކުރެވޭ ގޮތަށް މިވަނީ ބަދަލުކޮށްފައެވެ.

އެގޮތުން https://eservices.ica.gov.sg/sgarrivalcard/front/main.action# މި ލިންކު ބޭނުންކުރައްވައިގެން ކޮންމެ ވަގުތެއްގައި، ކޮންމެ ތަނެއްގައި ހުރެގެންވެސް ސިންގަޕޫރަށް ދިއުމަށް އެރައިވަލް ކާޑު ފުރާލުމަށްފަހު، އެ ގައުމުގެ އިމިގްރޭޝަން އެންޑް ޗެކްޕޮއިންޓް އޮތޯރިޓީ (އައިސީއޭ) އަށް ހުށަހެޅޭނެ ކަމަށް އެމްބަސީން ބުނެއެވެ.

ގިނަ އަދަދެއްގެ މީހުން ދަތުރުކުރާނަމަ "ގުރޫޕް ސަބްމިޝަން" އަދި އެކަނި ދަތުރުކުރާނަމަ "އިންޑިވިޖުއަލް ސަބްމިޝަން" ގެ ގޮތުގައިވެސް އެރައިވަލް ކާޑު ހުށަހެޅޭނެއެވެ.

އެރައިވަލް ކާޑު ހުށަހަޅަން ޖެހޭނީ ސިންގަޕޫރަށް ދިޔުމުގެ 14 ދުވަސް ކުރިންނެވެ. އެޕްލިކޭޝަންގައި ހުރިހާ މައުލޫމާތެއް ފުރިހަމަކޮށްފައި ހުންނަންވާނީ އިނގިރޭސި ބަހުންނެވެ.

  • އޮންލައިންކޮށް ސަބްމިޓް ކުރުމަށް ބޭނުންވާ މައުލޫމާތު:
  • މުއްދަތު ހަމަނުވާ ޕާސްޕޯޓް
  • ގުޅޭނެ ނަންބަރު ނުވަތަ ކޮންޓެކްޓާ ބެހޭ މައުލޫމާތު
  • ދަތުރުކުރާ މަންޒިލާ ބެހޭ މައުލޫމާތު
  • ސިންގަޕޫރުގައި އެކޮމޮޑޭޝަން ހަމަޖައްސާފައިވާ ގޮތުގެ މައުލޫމާތު