ރާއްޖޭގައި ހިންގަމުން އަންނަ އަމިއްލަ ކޮލެޖެއް ކަމަށްވާ އެވިޑް ކޮލެޖުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށްދޭ އެކޮލެޖުގެ ޗެއާމަންސް ޑައިމަންޑް އެވޯޑް ފާތިމަތު އުފާ ޝާކިރު ހޯދައިފިއެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި އެވިޑް ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އުފާއާ އެވޯޑު ހަވާލުކޮށްދެއްވީ އެ ކޮލެޖުގެ ބާނީ އަދި ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދެވެ. އުފާއަކީ އެސޯސިއޭޓް ޑިގްރީ އިން އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަން ފުރިހަމަކުރި ދަރިވަރެކެވެ.
އުފާއަށް އެވޯޑުގެ އިތުރުން ފައިސާގެ އިނާމެއްގެ ގޮތުގައި 5000 ރުފިޔާ ވެސް ދީފައިވެއެވެ. އުފާއަކީ ޗެއާމަންސް ޑައިމަންޑް އެވޯޑުގެ އިތުރުން ޓޮޕް އެޗީވާސް އެވޯޑާއި ޗެއާމަން އެވޯޑު ވެސް ހާސިލުކުރި ދަރިވަރެކެވެ.
މިއަހަރުގެ ޓޮޕް އެޗީވާސް އެވޯޑު 17 ދަރިވަރަކު ހާސިލުކުރިއެވެ. އަދި ޗެއާމަން އެވޯޑު 11 ދަރިވަރަކު ހާސިލުކުރިއެވެ. ޗެއާމަން އެވޯޑު ހާސިލުކުރި އެ 11 ދަރިވަރުންނަކީ ޓޮފް އެޗީވާސް އެވޯޑު ވެސް ހާސިލުކުރި ދަރިވަރުންނެވެ.