ރައީސް ޔާމީން

ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެންފި

އެމްއެމްޕީއާރްސީގެ މައްސަލައިގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެންފިއެވެ.

ފުލުހަށް ހާޒިރުވުމަށް ރައީސް ޔާމީނަށް ޗިޓު ފޮނުވާފައި ވަނީ އެމްއެމްޕީއާރުސީއާ ބެހޭގޮތުން މައުލޫމާތު ސާފުކުރުމަށްކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ޗިޓުފޮނުވާފައިވާކަން ފުލުހުން ހާމަކުރީ މިއަދުއެވެ.

ރައީސް ޔާމީން މިއަދު ފުލުސް އޮފީހަށް މި މައްސަލައިގައި ހާޒިރުވެވަޑައިގަތްއިރު، އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅޭ މަނީ ލޯންޑަރިންގެ މައްސަލައިގެ ދައުވާއެއް އެމަނިކުފާނުގެ މައްޗަށް މިހާރުވެސް ކުރިޔަށް އެބަދެއެވެ. ކްރިމިނަލް ކޯޓުގައި ކުރިޔަށްދާ އެ މައްސަލައިގައިގެ އަޑުއެހުންތައް ނިމި، ހުކުމް ކުރުން ވެސް ވަނީ މާދަމާއަށް އެޖެންޑާ ކޮށްފަ އެވެ.

މިހާތަނަށް ކުރި ތަހުގީގު ތަކުން އެނގޭ ގޮތުގައި، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ޖުމުލަ އަގު ވަނީ 1.5 ބިލިއަނަށް އަރައިފަ އެވެ.