ޝެއިޚް އަލީ ޒައިދު

މުރުތައްދުވެފައިވާ މީހުން ހައްޔަރުކުރަން ޝައިޚު ޒައިދު ގޮވާލައްވައިފި

ޝަހީދާ އަބްދުﷲ ސައީދު

އިސްލާމް ދީނަށް ފުރައްސާރަކޮށް، މުރުތައްދުވެފައިވާ މީހުން ހައްޔަރުކުރަން އައްޝައިޚު އަލީ ޒައިދު ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވައިފިއެވެ.

ޝައިޚު ޒައިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ މުރުތައްދުވެފައިވާ މީހުން ހައްޔަރުކޮށް، އެމީހުންނަށް ވިސްނައި ދެވޭތޯ މަސައްކަތް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

އަދި ހިތަށް އެރިހާ އެއްޗެއް އިސްލާމް ދީނަށް ގޮވާފައިވާ މީހުންނަށް އެއްވެސް ފިޔަވަޅެއް ނޭޅި ތިބެގެން ނުވާނެ ކަމަށާއި، ރާއްޖެއަކީ އިސްލާމީ ގައުމެއް ކަމަށް ވިދާޅުވިއެވެ.

ޝައިޚު ޒައިދު މިއަދު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވެފައިވަނީ ނަފްސާނީ ބަލީގެ މީހުން ތިބޭނީ އެކަމަށް ޚާއްސަ ހޮސްޕިޓަލުތަކުގައި ކަމަށާއި، އަދި ކިޔާނެހާ އެއްޗެއް ކިޔަން މަގުމައްޗަށް ދޫކޮށްލާފައި ނޫން ކަމަށެވެ.

އަދި ދީނަށް ފުރައްސާރަ ކުރާއިރަށް އެމީހަކު ނަފްސާނީ ގޮތުން ބަލި މީހެއްކަމަށް ބުނެ އުޒުރު ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެހެން ކަމުގައި އެމީހުންނަކީ ''ބަރާބަރު'' ބައެއް ކަމަށް ވެސް ޝައިޚު ޒައިދުގެ ޓުވީޓުގައި ވިދާޅުވިއެވެ.

ޝައިޚު ޒައިދު މިފަދަ ޓުވީޓެއް ކުރައްވާފައި މިވަނީ އިސްލާމްދީނަށް ފުރައްސާރަކޮށް، ރަސޫލުކަމަށް ދައުވާކުރުމުން މުރުތައްދުވެފައިވާ މީހެއްކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ، ވެލެޒިނީ މިއަދު ރާއްޖެ އައިސްފައި ވަނިކޮށެވެ.

ޝައިޚު ޒައިދު މިއަދު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވެފައިވަނީ ނަފްސާނީ ބަލީގެ މީހުން ތިބޭނީ އެކަމަށް ޚާއްސަ ހޮސްޕިޓަލުތަކުގައި ކަމަށާއި، އަދި ކިޔާނެހާ އެއްޗެއް ކިޔަން މަގުމައްޗަށް ދޫކޮށްލާފައި ނޫން ކަމަށެވެ.

އަދި ދީނަށް ފުރައްސާރަ ކުރާއިރަށް އެމީހަކު ނަފްސާނީ ގޮތުން ބަލި މީހެއްކަމަށް ބުނެ އުޒުރު ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެހެން ކަންކަމުގައި އެމީހުންނަކީ ''ބަރާބަރު'' ބައެއް ކަމަށް ވެސް ޝައިޚު ޒައިދުގެ ޓުވީޓުގައި ވިދާޅުވިއެވެ.

ޝައިޚު ޒައިދު މިފަދަ ޓުވީޓެއް ކުރައްވާފައި މިވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް، ރަސޫލުކަމަށް ދައުވާކުރުމުން މުރުތައްދުވެފައިވާ މީހެއްކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ، ވެލެޒިނީ މިއަދު ރާއްޖެ އައިސްފައި ވަނިކޮށެވެ.