ދިވެހި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް މިހާރު ސަރުކާރުން ކުރަމުން އަންނަ ހޭދައަށްވުރެ ތިންގުނަ އިތުރު އަދަދެއް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނައިފި އެވެ.
ދައުލަތުން ހިނގާނެ ހަަރަދުތަކަށް ލަފާކޮށް މިއަދު ހުށަހެޅި 29.6 ބިިލިއަން ރުފިޔާގެ ބަޖެޓުގައި ބުނެފައި ވަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޓުއަރިޒަމް މިނިސްޓްރީން މިހާރު ހޭދަކުރާ އަދަދު އިތުރުކުރުމަށް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން ފަތުރުވެރިކަމުގެ ދާއިރާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޝްތިހާރު ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ 154.2 މިލިއަން ރުފިޔާ ކަނޑައަޅައިފައެވެ.
ބަޖެޓުގައި ބުނެފައިވާގޮތުގައި މިއަހަރު ރާއްޖެ އިޝްތިހާރު ކުރުމަށް ހަރަދުކުރަނީ 50 މިލިއަން ރުފިޔާއެވެ.