ގައުމަށް ނަސްރު ހޯދޭނީ އަޅުގަނޑުމެންގެ ބަހުން ކަމަށާއި، ކަނޑިން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު އޮތް އައްޑޫސިޓީ ހުޅުދޫ ސްކޫލު ކުދިންގެ މަޒުމޫނު ލިޔުމުގުގެ މުބާރާތުގެ އިނާމު ދިނުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ނަސްރުގެ ދުވަސްވެސް ގުޅިގެން ދަނީ ދިވެހި ބަހާއި ކަމުގައެވެ.
ރައީސް ނަޝީދު ވިދާޅުވީ ނަސްރުގެ ދުވަހުގެ ސަބަބަކީވެސް ބަހަށް ޖާގަނުދީ ހިފެހެއްޓުން ބޮޑުވުން ކަމަށެވެ. އެގޮތުން ބަހަށް ޖާގަނުދީ ހިފެހެއްޓުމުން، މީހުން ގެ ސިޔާސީ ހިންހަމަ ނުޖެހުންތައް ހާމަކުރެވޭނެ އެއްވެސް އިތުރު ގޮތެއް ނުވަތަ މަގެއް ނެތުމުގެ ސަބަބުން މީހުން ނުރަނގަޅު ކަންކަމަށް އަރައިގަންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ނަސްރު އަޅުގަނޑުމެންނަށް ހޯދޭނީ އަޅުގަނޑުމެންގެ ބަހުން. ކަނޑިއަކުން ނޫން. ކާމިޔާބު އަޅުގަނޑުމެންނަށް ހޯދޭނީ ދުލުން. ގޮށްމުށަކުން ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅު ނިންމަވާލުމުން ގިނަގިނައިން ލިއުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު ތިންވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ބަޑި ބުރާސްފަތި ދުވަހުން ނަސްރުލިބުމުގެ އުފަލުގައި މިއަދު 31 ވަނަ ނަސްރުގެ ދުވަސް ފާހަގަކުރަމުންދާއިރު، އެ ދުވަހުގެ ހަމަލާގައި، 8 ދިވެހި ސިފައިންނާއި 11 އާންމުން ވަނީ ޝަހީދުވެފައެވެ.