ޚަބަރު

އިރާނުގެ ބޯޓެއް ރާއްޖޭގެ ސަރަހައްދުން އޮޔާދާކަމުގެ މައުލޫމާތު ލިބިގެން، ފުލުހުން އެ މައްސަލަ ބަލަން ފަށައިފި

އާނިފާ ހުސެއިން ސިރާޖް

1

އދ.މަންދޫ ބޭރުން އިރާނުގެ ލަކުޑި ބޯޓެއްގެ އިންޖީނު ހުއްޓި، މަންދޫއާ ދިމާއަށް އޮޔާ ދާ ކަމުގެ މައުލޫމާތު ލިބިގެން ދިވެހި ފުލުހުން އެ މައްސަލަ ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ އދ.މަންދޫ ބޭރުން، ރާއްޖެއިން ބޭރުގެ ލަކުޑި ބޯޓެއްގެ އިންޖީނު ހުއްޓިގެން މަންދޫ އާއި ދިމާލަށް އޮޔާ ދާ ކަމުގެ މައުލުމާތު ލިބިފައިވަނީ މިއަދު ހެނދުނުގެ 08:20 ހާއިރު ކަމަށެވެ.

އެގޮތުން މި މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ކޯސްޓްގާޑަށް މައުލޫމާތު ދިނުމަށްފަހު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސްފައި ކަމަށާއި ފުލުހުން އެ ބޯޓަށް އަރައި ބެލި އިރު އެއީ އިރާނުގެ ބޯޓެއްކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ބޯޓުގައި ހަތް އިރާނު ފިރިހެނުން ތިބިކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައިގައި ފުލުހުން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާއިރު، މީގެ ކުރިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިރާނުގެ ބޯޓުތަކެއް ވަނީ ހިފަހައްޓާފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟