ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 85 ޑޮކްޓަރުން ތަމްރީނު ކުރުމަށް ޚާއްސަ ސްކޮލަރޝިޕްތަކެއް ދޭން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ވަނީ 60 އެމްބީބީއެސް ޑޮކްޓަރުންނާއި 25 ސްޕެޝިއަލިސްޓް ޑޮކްޓަރުން ތަމްރީނު ކުރުމަށް އަންނަ އަހަރު ސްކޮލަޝިޕް ދޭށެވެ. ބަޖެޓުގައި ހިމަނާފައި ވަނީ އެ ސްކޮލަޝިޕްތަކުގެ ޓިއުޝަން ފީ ސަރުކާރުން ދޭގޮތަށެވެ.
އެކަމަށް ބަޖެޓުކޮށްފައި ވަނީ 24.7 މިލިއަން ރުފިޔާ އެވެ.
85 ޑޮކްޓަރުން ތަމްރީނުކުރުމަށް 25 ވަރަކަށް މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ އިރު، އަދިވެސް ރާއްޖޭގައި ވަރަށް ގިނަ އަދަދެއްގެ ބިދޭސީން ޑޮކްޓަރުން ވަޒީފާ އަދާކުރަކުން ގެންދެ އެވެ.