ޚަބަރު

ބަޖެޓު ކޮމިޓީގެ މުގައްރިރަކަށް ޝަރީފު، ނައިބަކަށް ރިޔާޒު ރަޝީދު

އަހުމަދު ޖައިޝަން

އަންނަ އަހަރަށް ހިނގާނެ ހަރަދުތަކަށް ލަފާކޮށް މިއަދު ހުށަހެޅި 29.6 ބިލިއަން ރުފިޔާގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ހަމަޖައްސައި، ނައިބު މުގައްރިރުގެ މަގާމަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހަމަޖައްސައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހަސަންމަނިކު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ދެ ބޭފުޅުންވެސް މަގާމަށް ހަމަޖައްސަވާފައި ވަނީ ބަޖެޓު ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.

ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ފަށާފައިވަނީ މިއަދު އެވެ.