މަގުމަތީގެ އެކްސިޑެންޓް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ

ސިނަމާލެ ބުރިޖު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ހައިވޭގައި ދުއްވާފައިދިޔަ ދެ ސައިކަލް ޖެހި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު ރޭ 11:40 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ކޮޅަށް ދުއްވާފައިދިޔަ ދެ ސައިކަލްގެ ތެރެއިން އެއް ސައިކަލްގެ މުއްގަނޑުގައި އަޅައިގަތުމުގެ ސަބަބުން ކަމަށާއި އެ އެކްސިޑެންޓުގައި ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ސިނަމާލެ ބުރިޖު ހުޅުވުމާއެކު ނުރައްކާތެރި ގިނަ އެކްސިޑެންޓުތައް ހިނގި ނަމަވެސް، ހެލްމެޓް އަޅަން މަޖުބޫރުކުރި ފަހުން މިހާރު އެކްސިޑެންޓްތައް މަދުކަން ފާހަގަކޮށްލެވެއެވެ.