ޚަބަރު

އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގައި ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދަށް ދިހަ ދުވަސް ޖަހައިފި

އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގައި ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދަށް ދިހަ ދުވަސް ޖަހައިފިއެވެ.

އެ ބިދޭސީ މީހާއަކީ މެދުރާއްޖެ ތެރޭގެ ރަށެއްގައި 15 އަހަރުން ދަށުގެ އަންހެން ކުއްޖަކާ މެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއްގައި މިއަދު ހައްޔަރުކުރި 34 އަހަރުގެ ބަންގުލަދޭޝް ފިރިހެނެކެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރި ބަންގުލަދޭޝް މީހާއަށް މެޖިސްޓްރޭޓް ކޯޓުން މިއަދު ދިހަ ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

އިއްޔެ ހެނދުނު ހުށަހެޅި އެ މައްސަލައާ ގުޅިގެން ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެމީހާއަކީ އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް އުޅޭ މީހެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.