ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް އިބޫގެ ސަރުކާރުގައި ޑިގްރީއަށް ކިޔެވުމާއި ދަރިވަރުންގެ ހެނދުނުގެ ނާސްތާ ހިލޭ!

3

އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޑިގްރީ އަށް ކިޔެވުމާއި ސްކޫލު ދަރިވަރުންގެ ނާސްތާ ދޭން ބަޖެޓުގައި ހިމަނަފައިފި އެވެ.

ސްކޫލު ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ހިލޭ ދިނުމާއި ޑިގްރީ އަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހިލޭ ފަހިކޮށްދެއްވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

އަންނަ އަހަރަށް ދައުލަތުން މިއަދު ހުށަހެޅި ބަޖެޓުގައިވާ ގޮތުން ތައުލީމީ ދާއިރާއިން އަލަށް ފެށުމަށް ކަނޑައަޅާފައިވާ ކަންތައް ތަކުގެ ތެރެއިން ދަރިވަރުންގެ ހެނދުނުގެ ނާސްތާ ދިނުމަށް 50 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނައިފަ އެވެ.

ބަޖެޓު ތަފުސީލުގައިވާ ގޮތުން ކޮންމެ ދިވެއްސަކަށް ވެސް މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހުޅުވައިލުމުގެ ސިޔާސަތުގެ ދަށުން، ދިވެހިރާއްޖޭގައި ފުރަތަމަ ޑިގްރީ ހާސިލްކުރާ ފަރާތްތަކަށް ކިޔެވުމަށް ހިނގާ ޚަރަދު (ޓިޔުޝަން ފީގެ ޚަރަދު) ދައުލަތުން ހަމަޖެއްސުމުގެ މަސައްކަތް 2019 ވަނަ އަހަރުގެ ތެރޭގައި ފެށޭނެއެވެ. އެ ގޮތުން 2019 ވަނަ އަހަރު އެކަމަށް 50 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނައިފައިވާ އިރު މި އަދަދު 2020 އަދި 2021 ގައި 175 މިލިއަން ރުފިޔާއަށް އިތުރުކުރުމަށް ވަނީ ހަމަޖައްސައިފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟