ރާއްޖޭގެ ރަށެއްގައި 15 އަހަރުން ދަށުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއްގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ރާއްޖޭގެ މެދުރާއްޖެ ތެރެއިން ރަށެއްގައި 15 އަހަރުން ދަށުގެ އަންހެން ކުއްޖަކާ މެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް އިއްޔެ ހެނދުނު ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 34 އަހަރުގެ ބަންގުލަދޭޝްގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހާއަކީ އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް އުޅޭ މީހެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.