އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އޮންނާނީ 19 މިނިސްޓްރީ އާއި އެޓާނީ ޖެނެރަލްގެ އޮފީސް ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މާރިޔާ ވިދާޅުވީ އެ 19 މިނިސްޓްރީގެ އިތުރުން އެޓާނީ ޖެނެރަލްގެ އޮފީސް ވަކީން ހުންނާނެ ކަމަށެވެ.
އާ ސަރުކާރުގެ އޮނިގަނޑާ ގުޅޭ ގޮތުން މިހާރު ކުރިޔަށް ގެންދަވާ ނޫސްވެރީންގެ ބައްދަލުވުމުގައި މާރިޔާ ދާދި ދެންމެ ވިދާޅުވި ގޮތުގައި އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަލަށް އުފައްދާ މިނިސްޓްރީ ތަކަކީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލްއޭވިއޭޝަނާއި މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖާއި މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަންސް ސައިންސް އެންޑް ޓެކްނޯލޮޖީ އަދި މިނިސްޓްރީ އޮފް ހަޔަ އެޑިޔުކޭޝަން އެވެ.
މާރިޔާގެ ވާހަކަފުޅުގައި ވިދާޅުވީ މުޅީން އަލަށް އުފައްދަނީ ހަތަރު މިނިސްޓްރީ ކަމަށް ވިޔަސް، އެހެން މިނިސްޓްރީ ތަކަށް ވެސް އިތުރު ޒިންމާތައް ހަވާލުކުރެވި މަސައްކަތްތަކުގެ ދާއިރާ ފުޅާ ވެގެން ދާނެ ކަމަށެވެ.
މިނިސްޓްރީ ތައް ގިނަވުމުން ދައުލަތް ހިންގުމުގެ ޚަރަދު އެތައް ތަނަކުން ބޮޑުވެގެން ދާނެ ނޫންތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން މާރިޔާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަށް ވުރެ އާ ސަރުކާރުން ސިޔާސީ މަގާމު ތަކަށް ކުރާ ޚަރަދު 16 ޕަސެންޓު ކުޑަ ވާނެ ކަމަށެވެ.
އިތުރު ތަފްސީލު އަންނަނީ ...