މުދާ އުފުލާ ދޯންޏެއް ގދ. އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ހައޮޑިގަލާ ކައިރިން ބަންޑުން ޖަހާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ ދެ ދިވެހިންނާއެކު ދަތުރުކުރަމުންދިޔަ "އިބަ" ނަމަކަށް ކިޔާ 46 ފޫޓުގެ ދޯންޏެއް ހައޮޑިގަލާ ކައިރިން ބަންޑުން ޖަލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 10:21 ހާއިރު ކަމަށެވެ.
އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ސިފައިން އެ ދޯނީގައި ތިބި ދެ މީހުން ހޯދުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި ސަލާމަތުން ތިއްބާ އެ ދެ މީހުން މިހާރު ވަނީ ފެނިފައެވެ.