ޝަހީދާ އަބްދުﷲ ސައީދު
އިބްރާހީމް މުހައްމަދު ޞާލިހު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށްޓަކައި އަންނަ އަހަރުގެ ތެރޭގައި ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ޓްރާންޝިސަން ކޮމެޓީގެ ޗެއާމަން މުހައްމަދު ޝިހާބު ވިދާޅުވެއްޖެއެވެ.
ޓްރާންޝިސަން ކޮމެޓީން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝިހާބު ވިދާޅުވީ ސަރުކާރުން މިނިސްޓްރީތައް އެކުލަވާލުމަށް ފަހު، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް، 2019 ވަނަ އަހަރުގެ ތެރޭގައި ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ވިސްނާފައިވާނެ ކަމަށެވެ. ޝިހާބު ވިދާޅުވީ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމަށްފަހު ފަސް އަހަރުގެ ތަރައްގީގެ އޮނިގަނޑެއް އެކުލަވާލައި، ބަޖެޓް ހުށަހަޅާނެ ކަމަށެވެ.
ޝިހާބު ވިދާޅުވީ ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކަށައެޅި، އަދި ހުރިހާ ރަށަކަށް މަސައްކަތްކުރުމަށް އިންފްރާސްޓްރަކްޗަރ ޕްރިއޯރިޓީ ލިސްޓެއް ތައްޔާރުކުރާނެ ކަމަށެވެ. އަދި އެ ލިސްޓްގެ ތެރެއިން ބަޖެޓުތައް ހެދިގެން ދާނެ ކަމަށް ޝިހާބު ވިދާޅުވިއެވެ.
މީގެއިތުރުން ޖަޒީރާ ރާއްޖެ ކުރިއަށް ދިއުމަށް ހުރި އެންމެ ބޮޑެތި ދަތިތަކުގެ ތެރޭގައި ކައުންސިލުތަކުގެ ބާރު ކަނޑުވާލުމާއި، ކައުންސިލަރުންގެ މުސާރަ ކުޑަ ކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.
އަދި ކައުންސިލްތަކުގައި މުވައްޒަފުން މަދުކަން ފާހަގަކުރައްވައި، ޝިހާބު ވިދާޅުވީ އިބޫގެ ސަރުކާރުން ކައުންސިލްތައް ބާރުވެރި ކުރުވަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.