ޝަހީދާ އަބްދުﷲ ސައީދު
ރާއްޖޭގެ އުތުރުގައި އުފެދިފައިވާ ތޫފާން ޑިޕްރެޝަނަކަށް ބަދަލުވި އިރު، ދެބޯގެރި ދުއްވުމާ ހެދި މުޅި ގައުމު ޑިޕްރެޝަނަށް ގޮސްފައިވާކަމަށް މުހައްމަދު މުއިއްޒު އަދުނާނު ވިދާޅުވެއްޖެއެވެ.
ރޭގެ ވަގުތެއްގައި މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އުތުރުގައި އުފެދިފައިވާ ތޫފާން، ޑިޕްރެޝަނަކަށް ބަދަލުވެ ވަރުގަދަވަމުންދާއިރު، ރާއްޖޭގެ އެތެރެއިން ފެންނަނީ ފަސާދައާއި ފިތުނަ ކަމަށެވެ.
އޭނާ ވިދާޅުވީ މަކަރާއި ހީލަތާއި އޮޅުވާލުމާއި ދެ އަނގައިން ވާހަކަދެއްކުމާއި އަދި ދެބޯގެރި ދުއްވުމާ ހެދި މުޅި ގައުމު ޑިޕްރެޝަނަކަށް ދާތަން ފެންނަން ކަމަށެވެ.
މުއިއްޒު މިހެން ވިދާޅުވި އިރު، އިސްލާމް ދީނާ ހިލާފު އެތައް ވާހަކަތަކެއް ހިމަނައިގެން އެމްޑީއެންއިން ލިޔެފައިވާ ރިޕޯޓާއި ގުޅިގެން މިހާތަނަށްވެސް އެޖަމުއިއްޔާއަށް ފިޔަވަޅު އަޅާފައި ނުވާތީ، ގިނަ ރައްޔިތުން ދަނީ ސަރުކާރާގެ ސިޔާސަތުތަކަށް ފާޑުކިޔަމުންނެވެ.