ޚަބަރު

2019 ގެ ބަޖެޓުގެ އޯނަޝިޕް ނެގޭކަށް ނެތް، ލިބުނު މައުލޫމާތާ މެދު ސުވާލު އުފެދޭ: ޓްރާންސިޝަން ކޮމެޓީ

1

އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓުގެ އޯނަޝިޕް ފުރިހަމަޔަށް ނެގެން ނެތް ކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފިނޭންސް އެންޑް ޓްރެޝަރީ ޓްރާންސިޝަން ކޮމެޓީން ބުނެފި އެވެ.

ސޯލްޓުގައި މިހާރު ކުރިޔަށްދާ ނޫސްވެރީންގެ ބައްދަލުވުމުގައި ބަޖެޓާ ގުޅޭ މައުލޫމާތު ދެއްވަމުން އެ ކޮމެޓީގެ އޮފިޝަލުން ވިދާޅުވީ އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓު ރައްޔިތުންނަށް ވީހާވެސް ފަހި ދަރަނި ކުޑަ ބަޖެޓެއްގެ ގޮތުގައި ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި އެހެން ނަމަވެސް ސަރުކާރު ތެރެއިން އެކަމަށް ބޭނުންވާ އެންމެ އެކަށީގެންވާ އެއްބާރުލުން ވެސް ލިބިފައިވާ ކަމަށް ވިދާޅުވެވެން ނެތް ކަމަށް އެ ކޮމެޓީން ވިދާޅުވި އެވެ.

ކޮމެޓީގެ މެންބަރުން ވިދާޅުވީ މިހާރުގެ ދަރަނި ތަކާ ގުޅޭ ގޮތުން ވެސް ލިބިފައިވާ މައުލޫމާތުތަކަކީ އެންމެ ރަނގަޅު މައުލޫމާތުތައްތޯ ސުވާލު އުފެދޭ ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ތައްޔާރު ކުރާނީ އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބޭނުންވާ ގޮތަށް ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ކުރީން ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟