ޚަބަރު

އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީ މަރަދޫ ފޭދޫގައި ދެ ސައިކަލެއް ޖެހި، ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިރޭ 8:30 ހާއިރު މަރަދޫ ފޭދޫ ހުކުރު މިސްކިތް ކައިރީ ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 24 އަހަރުގެ ޒުވާނަކަށް ކަމަށެވެ. އޭނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެކްސިޑެންޓުގައި އެ ޒުވާނާގެ ނޭފަތް ފަޅައިގެން ގޮސްފައިވާތީ ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ހޯދަމުންނެވެ.

ފުލުހުން ބުނީ، އެކްސިޑެންޓުގައި ދެ ސައިކަލަށް ވެސް ގެއްލުން ވެފައިވާ ކަމަށެވެ. އަދި އަނެއް ސައިކަލުގައި އިން 26 އަހަރުގެ މީހާގެ އަތުގައި ލައިސަންސް އޮންނަ ކަމަށް ފުލުހުން ބުނެއެވެ.