ފުލުހަކަށް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ކޯޓް އަމުރެއްގެ ދަށުން އެ ތިން މީހުން ވެސް ހައްޔަރުކުރީ ފުއްވަމުލައް ސިޓީން ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކުރީ 19 އަހަރުގެ ދިވެހި ފިރިހެނަކާޢި 25 އަހަރުގެ ދިވެހި ފިރިހެނެއް އަދި 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މަރުގެ އިންޒާރު ދިން މައްސަލައެއްގައި ފުވައްމުލަކުން ތިން މީހަކު ހައްޔަރުކުރިއިރު، ސޯޝަލް މީޑިއާގައި މީހުންނަށް މަރުގެ އިންޒާރު ދެމުންދިޔަ ޒުވާނަކު މިދިޔަ ހޮނިހިރު ދުވަހު ވަނީ އެ ސިޓީން ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ، ސޯޝަލް މީޑިއާގައި މީހުންނަށް މަރުގެ އިންޒާރުދިނުމުގެ އިތުރުން މުޖުތަމައުގައި ބިރުވެރިކަން އުފެދޭގޮތަށް އަނިޔާވެރިކަމަށް ހިތްވަރު ދެމުންދާ މައްސަލައެއްގައި ހައްޔަރުކުރީ އުމުރުން 19 އަހަރުގެ ޒުވާނެއް ކަމަށެވެ.
އެނގިފައިވާ ގޮތުގައި، ފުލުހުން މިއަދު ހައްޔަރުކުރީ ފުވައްމުލަކު ހޯދަޑު އަވަށު ޒުވާނެއް ކަމަށްވާ އަލީ ރަވާއުއެވެ. އަދި އޭނާ ހައްޔަރުކުރީ ފުވައްމުލަކުގެ ފުޓްބޯޅަ ދަނޑެއްގައި ފުޓްބޯޅަ ކުޅެން ހުއްޓައި، ކޯޓު އަމުރެއްގެ ދަށުންނެވެ.