ގައުމީ ދުވަހުގެ މުނާސަބާގައި ރޭ ބޭއްވި ޖަލްސާގައި 21 ބޭފުޅަކަށް ހިތްވަރުދިނުމުގެ ގައުމީ އިނާމު ދެއްވައިފިއެވެ.
މީގެ ކުރިން މިނިވަން ދުވަހުގެ މުނާސަބާގައި ބާއްވާ ރަސްމީ ޖަލްސާގައި ދެމުން އައި ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު، ގައުމީ ދުވަހު ދިން މިއީ ފުރަތަމަ ފަހަރެވެ. ރޭގެ ޖަލްސާގައި ހިތްވަރުދިނުމުގެ ގައުމީ އިނާމު ހާސިލް ކުރެއްވި ބޭފުޅުންނަކީ؛
- - ގުރުއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ރޮނގުން، އަލްގާރީ މުހައްމަދު ތައުފީގް ޢަލީ، މ.މުއިރި
- - އިސްލާމްދީނަށް ހޭލުންތެރިކަން އިތުރު ކުރުމާއި ހިދުމަތް ކުރުމާއި ދީނީ އިލްމު އުނގަންނައި ދިނުމުގެ ދާއިރާ، ޑރ. އަބްދުﷲ ޖަމީލް، ގ.ސްޓާރލިންގްއާގެ
- - ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާ އިން، ވާހަކަ ދެއްކުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން، މުހައްމަދު ޝިފާން، ހ.ތަރަބޫޒުގެ
- - ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ރޮނގުން، މަރްޔަމް ޝަޠުރަތު ޝާކިރު، ދުންތަރި، ގދ.ތިނަދޫ
- - ސިއްހީ ދާއިރާ ތަރައްގީ ކުރުމުގެ ރޮނގުން، އަހުމަދު އަފްއާލް، ގ.ޖަވާހިރުމާގެއާގެ
- - ހާއްސަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ ކުދިންނަށާއި މީހުންނަށް ހިދުމަތް ކުރުމުގެ ރޮނގުން، ރަޙުމާ އީސާ، ހ.ފިލްމީސައިޓް
- - މަސްވެރިކަން ކުރުމުގެ ރޮނގުން އަބްދުﷲ ޝަފީގް، ނިޝާން، ހއ.ދިއްދޫ
- - ދިވެހިން ބިނާކުރުމަށާއި ޝައުގުވެރި ކުރުވުމަށާއި އަހުލުވެރި ކުރުވުމަށް މަސައްކަތް ކުރުމުގެ ރޮނގުން، ޒީނާޒް ހުސައިން، އާސީނުގެ, ސ.ހިތަދޫ
- - އިންސާނިއްޔަތަށް ހިދުމަތް ކުރުމުގެ ދާއިރާއިން، ޓައިނީ ހާޓްސް އޮފް މޯލްޑިވްސް
- - އެކި ބާވަތުގެ މަސައްކަތް ކުރުމާއި ކުރިއެރުވުމުގެ ރޮނގުން، އަނީސާ މުހައްމަދު، ބީޗްހެވަން، ގދ.ގައްދޫ
- - އެކި ބާވަތުގެ މަސައްކަތް ކުރުމާއި ކުރިއެރުވުމުގެ ރޮނގުން، އިބްރާހީމް ސޯލިހް، ފަސްތަރި، ބ.ތުޅާދޫ
- - ޑައިވިންގެ ދާއިރާ އިން، ޝާޒިޔާ ސައީދު، މ.ސްނޯފްލެކްސް
- - ހެއާ އެންޑް ބިއުޓީގެ ދާއިރާ އިން، އާއިޝަތު (ޝަރީފާ)، މ.ސަބުދެލިގެ
- - ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާ އިން، މުހައްމަދު ޝާކިރު އަބްދުﷲ، ވ.ފައުނު
- - ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާ އިން، ހުސައިން ފަރިޔާދު، ގ.ސިނަމާލެ 2 02-11
- - ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން، އިމްރާން މުހައްމަދު، އަސުރުމާގެ، އދ.މަހިބަދޫ
- - ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން، އިސްމާއީލް މަހްފޫޒް، މ.ވިނަލި
- - ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން، އިބްރާހީމް ޝިއުރީ، ގ.ގޯލްޑަންހައުސް
- - ކުޅިވަރު ކުޅުމުގެ ރޮނގުން، ފަދުވާ ޒާހިރު، ގ.ގޯލްޑަންސްޓާ
- - ލަވަ ކިޔުމާއި މިޔުޒިކް ކުޅުމުގެ ރޮނގުން، އަބްދުއްރަޝީދު އަލީ، ހ.ނިއުހެޕިނަސް އަދި
- - ޑިޒައިން ކުރުމާއި ފެހުމުގެ ރޮނގުން، އާއިޝަތު ޝަމްލާ، ހ.ފެއަރީޕެލަސް އެވެ.
ކުޅިވަރުގެ ދާއިރާއިން ހިތްވަރުދިނުމުގެ ގައުމީ އިނާމު ހާސިލުކުރި ކީޕަރު އިންމަ(ވ) އަށް ރައީސް ސޯލިހު އިނާމު ހަވާލުކޮށްދެއްވަނީ -- ވަން ފޮޓޯ/ މުހައްމަދު އައުޒަމް
ކުޅިވަރުގެ ދާއިރާއިން ހިތްވަރުދިނުމުގެ ގައުމީ އިނާމު ހާސިލުކުރި އިބްރާހީމް ޝިއުރީ(ވ) އަށް ރައީސް ސޯލިހު އިނާމު ހަވާލުކޮށްދެއްވަނީ --- ވަން ފޮޓޯ: މުހައްމަދު އައުޒަމް
ކުޅިވަރުގެ ދާއިރާއިން ހިތްވަރުދިނުމުގެ ގައުމީ އިނާމު ހާސިލުކުރި ފަދުވާ(ވ) އަށް ރައީސް ސޯލިހު އިނާމު ހަވާލުކޮށްދެއްވަނީ -- ވަން
ރޭ ކުރިއަށް ދިޔަ ރަސްމިއްޔާތުގައި މިބޭފުޅުންނަށް ހިތްވަރުދެއްވުމުގެ ގައުމީ އިނާމާއި ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.
މި ރަސްމިއްޔާތުގައި ފަސް ބޭފުޅަކަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު ވެސް ހަވާލުކޮށްދެއްވާފައިވެއެވެ.