މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މުވައްޒަފުންނަށް ނޯޓިސް ދިނީ ކުރީގެ ސަރުކާރުން އެމީހުންނާއެކު ހެދި ކޮންޓްރެކްޓް ހަމަވާތީ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
ޕްލޭނިން މިނިސްޓްރީން މިރޭ ބުނީ، ކުރީގެ ސަރުކާރުން ނޯޓިސް ދީފައިވާ އެމްއާރުޑީސީގެ މުވައްޒަފުންގެ ކޮންޓްރެކްޓް ހަމަވާތީ އެކަން މުވައްޒަފުންނަށް އަންގާފައިވާނެ ކަމަށެވެ. އަދި ސިވިލް ސާވިސްގެ އޮނިގަނޑުގައި މިހާރު ހުރި ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު އެމްއާރުޑީސީގެ ހުރިހާ މުވައްޒަފުންނަށް ވެސް އޮންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނިގޮތުގައި ކައުންސިލް، އަދި ސައިޓުގެ ނޯޓިސް ބޯޑުގައިވެސް އެކަން މުވައްޒަފުންނަށް އެނގޭނެހެން ނޯޓިސް ހަރުކޮށް ދިނުމަށް އެދިފައިވާނެއެވެ.
ކުރީގެ ސަރުކާރުން އެމްއާރުޑީސީގެ މުވައްޒަފުންގެ ކޮންޓްރެކްޓް ހަދާފައިވަނީ 1 ފެބްރުއަރީ 2018 ގައެވެ. އެހެންކަމުން ކޮންޓްރެކްޓް ހަމަވާނީ މިއަހަރުގެ ފެބްރުއަރީ އެކަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އޭގެ ފަހުންވެސް އެކި ފަހަރުމަތިން މުވައްޒަފުންނަށް ކޮންޓްރެކްޓް އާކޮށްދީފައިވާނެ ކަމަށް ވެސް ބުންޏެވެ.
ނޯޓިސް ދީފައިވަނީ ހދ. ކުޅުދުއްފުށި، ތ. ތ. ވިލުފުށި، ތ. ތިމަރަފުށި، ގއ. ވިލިނގިލި، ގދ. ތިނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީ ސައިޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ.