ޝަހީދާ އަބްދުﷲ ސައީދު
ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމު މަގާމުގައި ބަހައްޓާ ކޮންމެ ދުވަހަކީ ބަދަލަކަށް ވޯޓް ދިން މީހުންނަށް ވެވޭ ބޭއިންސާފެއް ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.
މަލީހު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ބިޝާމު މަގާމުގައި ބަހައްޓާ ކޮންމެ ދުވަހަކީ ބަދަލަކަށް ވޯޓް ދިން މީހުންނަށް ވެވޭ ބޭއިންސާފެއް ކަމަށެވެ.
''އަޅުގަނޑުމެން ނުކުތީ ނުހައްގު ދައުވާ އުފުލާ ގާނޫނު އަސާސީ މަގުމަތިވިއިރު މަގާމުގައި ޖާހަތަށްޓަކައި އެޅިހާ ބަތަކަށް ރިހަ އަޅަން އުޅުއްވި ޕީޖީ ފަދަ ބޭފުޅުންނާ ދެކޮޅަށް،'' މިނިސްޓަރު މަލީހުގެ ޓުވީޓްގައި ވިދާޅުވެފައިވެއެވެ.
ޕީޖީ ބިޝާމު މަގާމުން ވަކިކުރުމާގުޅޭ ގޮތުން މިނިސްޓަރު މަލީހު މިފަދަ ޓުވީޓެއް ކުރެއްވިއިރު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަދައްކަވަމުން ބިޝާމު ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި މިސަރުކާރުގެ ބައެއް ވަޒީރުން ހިމެނޭ ކަމަށާއި އޭގެ ތެރޭގައި މަލީހު ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ޕީޖީގެ އެތުހުމަތު މަލީހު ވަނީ ދޮގުކުރައްވައި ފައެވެ. އަދި ބީޖީގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.