ޚަބަރު

ދިވެހި ޓެގުތަކާއެކު ރާއްޖޭގައި "ޝެއާ އަ ކޯކު" ކެމްޕޭން އާ ހަރުފަތަކަށް

އާނިފާ ހުސެއިން ސިރާޖް

ކޮކާ ކޯލާ އިން ކުރިއަށްގެންދާ "ޝެއާ އަ ކޯކު" ކެމްޕޭނުގެ ދެވަަނަ އެޑިޝަންގެ ކޯކު ފުޅިތައް މީހުންގެ މިޒާޖާއި ގުޅޭ ދިވެހި ޓެގުލައިން ތަކާއެކު ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.

ކޮކާ ކޯލާ އިން ބުނީ މީހުންގެ މިޒާޖު ދޭހަކޮށްދޭ ތަފާތު އަށް ޓެގުލައިންއާއެކު "ޝެއާ އަ ކޯކު" ކެމްޕޭނުގެ ދެވަނަ އެޑިޝަންގެ ފުޅިތައް މިހާރު ރާއްޖޭގެ ބާޒާރުން ލިބެން ހުންނާނެ ކަމަށެވެ.

"ޕާސަނަލިޓީ އެންޑް ޓްރެއިޓްސް" މި ތީމުގެ ދަށުން ކުރިއަށްގެންދާ މި ކެމްޕޭނުގެ ފުޅިތަކުގައި ހުންނަ ޓެގުތަކުގެ ތެރޭގައި އެންމެ ކެރޭ، އެންމެ ހިތްވަރުގަދަ، އެންމެ ލޯބިވާ، އެންމެ ސަކަ، އެންމެ ސަޅިމީހާގެ އިތުރުން ރީތި ހުސްކުރި، ހަބޭސް ފަދަ ޖުމްލަތައް ހިމެނޭނެ ކަމަށް ކޮކާ ކޯލާ އިން ބުނެއެވެ.

ރާއްޖެ އާއި ސްރީލަންކާގެ ކޮކާ ކޯލާގެ މެނޭޖަރު، ޕަންކާޖް ސިންހާ ވިދާޅުވި ގޮތުގައި، ކޮކާ ކޯލާއިން އަބަދުވެސް މަސައްކަތް ކުރަނީ ކޯކުގެ ސަބަބުން ކަސްޓަމަރުންގެ ދިރިއުޅުމަށް ހިތަހަމަޖެހުން ހޯދައިދިނުމަށެވެ. އަދި މިހާރު ފެށިގެން ކުރިއަށްދާ ކެމްޕޭނަށް ރާއްޖެއިން ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި ކޮކާ ކޯލާއިން ބޭނުންވަނީ ވީހާވެސް ކަސްޓަމަރުންނާ ގާތް ގުޅުމެއް ބަދަހިކުރުން ކަމަށް ވިދާޅުވިއެވެ.

ޝެއާ އަ ކޯކް ކެމްޕެއިން ފުރަތަމަ ލޯންޗުކޮށްފައިވަނީ 2011 ވަނަ އަހަރު އޮސްޓްރޭލިއާގައެވެ. އަދި ރާއްޖެއަށް އެންމެ ފުރަތަމަ ތައާރަފު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.