ވަޒީރެއްގެ މައްޗަށް ތުހުމަތު ކުރެވުނީމަ، އެ މައްސަލައެއް ލަސްނުކޮށް ތަހުގީގު ކުރަން ޖެހޭ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަޒީރުންގެ މައްޗަށް ތުހުމަތުކޮށްފިނަމަ ލަސްނުކޮށް އެ މައްސަލައެއް ތަހުގީގު ކުރަން ޖެހޭ ކަމަށާއި، އަދި ގޯހެއް އުޅޭނަމަ ފިޔަވަޅު އަޅައި ދައުވާކޮށް އެމީހުންނަށް އަދަބުވެސް ދޭން ޖެހޭނެ ކަމަށެވެ.
"ވަގު ސަރުކާރެއް ދިފާއު ނުކުރަން ފާޅުގައި އެވާހަކަ ދެއްކި ފުރަތަމަ މީހަކީ އަޅުގަނޑު. ރައްޔިތުންނަށް ހަގީގަތް ސާފުކޮށްދޭން ޖެހޭ." ކަމަށްވެސް މަހްލޫފު ވިދާލުވިއެވެ.