ޝަހީދާ އަބްދުﷲ ސައީދު
ސްކޫލެއްގެ ލެބޯޓަރީން ކެމިކަލްތަކެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ.
ފުލުހުން މިރޭ ބުނީ، އެ އޮޕަރޭޝަން ފަށާފައިވަނީ 15 އަހަރުން ދަށުގެ ކުދިންތަކެއް، ސްކޫލެއްގެ ލެބޯޓްރީން ކެމިކަލްތަކެއް ވަގަށް ނަގައިގެން ގޮވާ އެއްޗެއް ތައްޔާރު ކުރަން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ބައެއް ތަންތަން ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް މިހާރު ކުރިއަށްދާ ކަމަށެވެ.
އެ މައްސަލައިގައި ވަގަށް ނެގި ކެމިކަލްތައް ފުލުހުން ވަނީ ހޯދައިފައެވެ. ނަމަވެސް އެ މައްސަލައިގައި އެއްވެސް ކުއްޖަކު އަދި މީހަކު ވެސް ހައްޔަރުކޮށްފައެއް ނުވެއެވެ.