ފަޅު ރަށެއްގެ ފަރު މައްޗަށް ލައިޓްހައުސްއެއްގެ ބައެއް ލައްގައިފިއެވެ.
ފުލުހުން ބުނީ، މިއަދުގެ ވަގުތެއްގައި ށ. ކޮމަންޑޫ ކައިރީ އޮތް ފަޅު ރަށެއް ކަމަށްވާ، ގަލާދޫ ފަރުމައްޗަށް މާސިންގާ އެއްޗެއް ލައްގާފައިވާކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އަދި ފުލުހުން އެސަރަހައްދަށް ގޮސް ބެލި ބެލުމުން އެއީ ލައިޓް ހައުސްގެ ބައެއް ކަމަށް ބެލެވިފައިވާ ކަމަށެވެ.
އެ އެތީގެ ބޮޑު މިނުގައި ގާތްގަނޑަކަށް 50 ފޫޓު ހުންނާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން މިހާރު ވަނީ އެ މައުލޫމާތު އެމްއެންޑީއެފާ ހިއްސާކޮށްފައެވެ.