އިބްރާހިމް ޒަކީ
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް، ފަތުހުﷲ ޖަމީލް އައްޔަން ކުރައްވައި، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަސްމާ ޝަފީއު އާއި އިސްމާއިލް ސާޖިދުގެ ތެރެއިން ބޭފުޅަކު މާދަމާ އައްޔަން ކުރާނެ އެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން އެކުލަވައިލި ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތި ލެއްވި، ފަތުހުﷲ ޖަމީލް ތ. ތިމަރަފުށި ފިނިފެންމާގެ އާއި އިސްމާއިލް ނާޝިދު ހ. ސެނާ، ގެ ނަން ދިރާސާ ކުރުމަށްފަހު ކޮމިޓީ ރިޕޯޓުގައި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް، ފަތުހުﷲ ޖަމީލް އައްޔަންކުރަން މަޖިލީހުން ފާސްކޮށް ދިނުމަށް ވަނީ ލަފާދީފައެވެ. އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަސްމާ ޝަފީއު އާއި އިސްމާއިލް ސާޖިދުގެ ތެރެއިން ބޭފުޅަކު އައްޔަން ކުރުމަށް ވެސް ކޮމިޓީން ފާސްކޮށް ރިޕޯޓްގައި ވަނީ ހިމަނައިފައެވެ.
އަސްމާ އާއި ސާޖިދުއާއެކު ޑިޕިއުޓީ ކޮމިޝަނަރުގެ މަގާމަށް ކުރިމަތި ލެއްވި ހަ ބޭފުޅެއްގެ ނަން ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވިއެވެ.
އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމާއި، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ގެނައި އިއްލާހާ ގުޅިގެން، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވުމާ ގުޅިގެންނެވެ.