ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ނާމް ސަމިޓްގެ ތެރެއިން މިނިސްޓަރު ޝާހިދު، ގިނަ ގައުމުތަކެއްގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

އާނިފާ ހުސެއިން ސިރާޖް

އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި މިހާރު ކުރިއަށްދާ ނަން-އެލައިންޑް މޫވްމަންޓް (ނާމް) ސަމިޓްގެ ހަވާސާގެ ތެރެއިން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

ނާމް ސަމިޓްގައި މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުންނެވެ.

މި ސަމިޓްގެ ހަވާސާގެ ތެރެއިން ފޮރިން މިނިސްޓަރު ޝާހިދު ވަނީ އިންޑިއާ، ޕާކިސްތާން، ނޭޕާލް، ގަތަރު، މެލޭޝިއާ، ބަނގުލަދޭޝް، ތަޖިކިސްތާން، ޖޯޑަން، ކިއުބާ، އަފްގާނިސްތާން ގެ އިތުރުން ނާމް ސަމިޓް ކުރިއަށްގެންދާ ގައުމު ކަމުގައިވާ އަޒަރުބައިޖާންގެ އިސްވެރިންނާއި އޮފިޝަލުންނާވެސް ބައްދަލުކުރައްވާފައި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ބައްދަލުކުރެއްވުންތަކުގައި ދެ ގައުމުގެ ގުޅުން ބަދަހިކޮށް އިތުރަށް ވަރުގަދަކުރުމާ ބެހޭގޮތުން މިނިސްޓަރު ޝާހިދު ވަނީ ވާހަކަދައްކަވާފައެވެ.

އަޒަރުބައިޖާންގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި މިނިސްޓަރު ޝާހިދު ވަނީ ނާމް ސަމިޓްގެ ރައީސްކަން ލިބިވަޑައިގަތުމާ ގުޅިގެން މަރުހަބާ ދަންނަވާފައެވެ. އަދި ދެގައުމު އެކުގައި މަސައްކަތް ކުރުމަށް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަން ފާހަގަކުރައްވައި، އެކި ދާއިރާތަކުން ދެގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.