ހަތަރު މީހުންނާއެކު ދަތުރުކުރަނިކޮށް، ލޯންޗެއްގެ އިންޖީނު ހުއްޓިގެން ސިފައިން އެހީތެރިވެއްޖެއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، ހަތަރު މީހުންނާއެކު ގދ. ތިނަދޫން ފުރައިގެން މަސްވެރިކަމަށް ނުކުމެ އުޅުނު، ''ބްލޫ ވޭލް'' ނަމަކަށް ކިޔާ 36 ގެ ލޯންޗެއް ގދ. ކާޑެއްދޫގެ ހުޅަނގުން 12 މޭލު ބޭރުން ތެޔޮ ހުސްވެ، އިންޖީނު ހުއްޓިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެ ހާދިސާގެ ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރެވެ. އެ ހާދިސާ ހިނގި އިރު ލޯންޗުގައި ތިބީ ތިން ދިވެހިންނާއި ބިދޭސީއެކެވެ. އަދި ލޯންޗްގެ ވެރި ފަރާތުން ތެޔޮ ދިނުމުން ސިފައިން ވަނީ އެ ލޯންޗަށް ތެޔޮ ފޯރުކޮށްދީފައެވެ.