ޚަބަރު

70 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހުންގެ މައުލޫމާތު އާންމުކޮށްފި

އާނިފާ ހުސެއިން ސިރާޖް

މިމަހުގެ ހަތްވަނަ ދުވަހު އިރާނުގެ ދިދަ ނެގި ބޯޓަކުން 70 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު މައްސަލާގައި ހައްޔަރުކުރި މީހުންގެ މައުލޫމާތު އާންމުކޮށްފިއެވެ.

އިރާނުގެ ދޯންނެއް ކަމުގައިވާ "އަލްޝަބާބު" ދޯނިން މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމަށް އެހީތެރިވާން ދިޔަ "ހޭދަކުރި" ނަމަކަށް ކިޔާ ދިވެހި މަސް ދޯންޏެއް ވެސް ވަނީ އެ އޮޕަރޭޝަންގައި އަތުލައިގެންފައެވެ.

ފުލުހުން މީގެ ކުރިން ބުނީ، އެ މައްސަލައިގައި "ހޭދަކުރި" ދޯނިން ހަތަރު ފިރިހެނަކާއި "އަލްޝަބާން" ދޯނިން ހަ މީހެއްގެ އިތުރުން މިކަމުގައި އިސްކޮށް ހަރަކާތްތެރިވި ތިން މީހަކާއެކު ޖުމްލަ 13 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުން:

* އަލީ އަންވަރު މުހައްމަދު (35އ) / ކޯޒީކޯނާ، ސ. ހިތަދޫ

* އަހްމަދު ޝަކީބް (42އ) / މާތިލަ، ކ. ދިއްފުށި

* މުހައްމަދު ރިޝްފާން (23އ) / ތުނޑި، މިލާނޯ، ލ، ގަން

"ހެދޭކުރި" ދޯނިން ހައްޔަރު ކުރި މީހުން:

* އާދަމް މިސްބާހް (39އ) / އިރުމަތީގެ، ކ. ދިއްފުށި
* މުހައްމަދު އިނާޝް (22އ) / ތުނޑި، އިޓްޖެހިގެ، ލ. ގަން
* އަލީ އަހްމަދު (24އ) / ބަންގްލަދޭޝް
* ތުހުން (36އ) / ބަންގްލަދޭޝް

އީރާންގެ "އަލްޝަބާން" ބޯޓުން ހައްޔަރުކުރި މީހުން:

* ފަކީރު (50އ) / އިރާން
* އީސާ ސުލައިމާން (26އ) / އިރާން
* އިސްމާއިލް އިބްރާހިމް (50އ) / އިރާން
* ނަވީދު (30އ) / އިރާން
* ސާޖިދު (50އ) / އިރާން
* އަލީ ރާޖާ (19އ) / އިރާން

އިންޑިއާގެ ކޯސްޓްގާޑާއި ރާއްޖެ އަދި ސްރީ ލަންކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދަތުރު ކުރި މި ބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައީ ހއ.ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 ނޯޓިކަލް މޭލު (27.5 ނޯޓިކަލް މޭލު، ރާއްޖޭގެ އީއީޒެޑްގެ އެތެރެއިން) ބޭރުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދުންނެވެ.