އިބްރާހިމް ޒަކީ
އެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ގެނަމާ ގުޅުވާފައިވާ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމްގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި، އެމްއެމްޕީއާރްސީން ހިންގި ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ތުހަމަތު ކޮށް، ތަހުގީގު ހިންގަމުން އަންނަ ބައެއް ފަރާތްތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެބަތިއްބެވި ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ވިދާޅުވުމުން އެ ކޮމިޓީގެ އިއްޔެގެ ބައްދަލުވުން ވަނީ ސިއްރު ކޮށްފައެވެ.
އަދި އެ ސިއްރު ބައްދަލުވުމުގައި، އެ މެންބަރުންގެ ނަތްތައް ޕީޖީ ވިދާޅުވުމުން ދެން ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދިޔައީ އެ މެންބަރުން ކޮމިޓީ ބަދަލުވުން ދޫކުރައްވައި ވަޑައިގަތުމުންނެވެ.
މަލީހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިއްރު މީޓިންގަ، އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅުވައިގެން މަހީލްގެ ނަން ޕީޖީ ވިދާޅުވި ކަމުގެ މައުލޫމާތު ދެއްވީ ނޫސްވެރިއެއްް ކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި ޕީޖީ ގޮވައިގެން އަބުރުގެ ދައުވާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާތަނަށް ތުހުމަތުވެސް ނުކުރެވޭ މީހުންގެ ނަން ޕީޖީ ވިދާޅުވަމުން އެ ގެންދަވަނީ އޮޅުވާލަން ތޯ، ސުވާލު ކުރައްވައި މަލީހު ވިދާޅުވެފައިވަނީ އެނބުރޭ ވަހުތާނަކަށް ޕްރޮސިކިއުޓާ ޖެނެރަލް ވެގެން ނުވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަަމުން މަހިބަނދޫ ދާއިާގެ މެންބަރު އަހުމަދު ތޯރިގު ވެސް ވިދާޅުވީ، އެމްޕީއާރުސީގެ ހިޔާނާ ގުޅުގައި ދައުލަތުގެ ބައެއް ވަޒީރުން މަގާމުން ދުރުކުރަން އުޅޭ ކަމަށާއި އއޭގެ ތެރެއިން އެކަކީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ކަމަށެވެ.