ހައްޖު ކޯޕަރޭޝަން

ހައްޖު ކޯޕަރޭޝަން ހިންގާ އޮފީސް ބަދަލުކުރަނީ

އާނިފާ ހުސެއިން ސިރާޖް

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން މިހާރު ހިންގަމުން އަންނަ އޮފީސް ބަދަލުކޮށް އެހެން ސަރަހައްދަކަށް ރިލޮކޭޓް ކުރުމަށް ހަމަޖައްސައިފިއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ދެން ހައްޖު ކޯޕަރޭޝަންގެ އޮފީސް ހިންގަމުންދާނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ މ. ފުރަންކަރާ އިމާރާތުގެ ތިންވަނަ ފަންގިފިލާގައި ކަމަށެވެ. އަދި އާ އޮފީހަށް ބަދަލުވުމުގެ މަސައްކަތް މި ހަފުތާގައި ކުރަމުންދާތީ މިއަންނަ ބުރާސްފައި ދުވަހު އޮފީސް ބަންދުވާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ވަނީ މިއަހަރުވެސް ގިނަ އަދަދެއްގެ މީހުން އެ ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ގެންގޮސްފައެވެ.