ޚަބަރު

ބޮޑު ހިޔާނާތުުގެ ތުހުމަތުގައި ފުލުހުންތަކެއްގެ މައްޗަށް ތަހުގީގު ހިންގަން ފަށައިފި

އިބްރާހިމް ޒަކީ

އެމްއެމްޕިއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތުގައި ފުލުހުން ތަކެއްގެ މައްޗަށް ތަހުގީގު ހިންގަމުން ގެންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ފުލުހުން ބުނީ އެމްއެމްޕީއަރުސީ ގެ ހިޔާނާތުގެ މައްސަލައާ ގުޅުންހުރި މައްސަލައެއްގައި ބައިވެރިވި ކަމުގެ ތުހުމަތުގައި، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑްސް ކޮމާންޑުން ފުލުހުން ތަކެއްގެ މައްޗަށް މިމަހު 13 އިން ފެށިގެން ތަހުގީގު ހިންގަމުންދާ ކަމަށެވެ.

އޭގެ ތެރޭގައި އެކި ގިންތީގެ ފުލުހުން ހިމެނޭކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭގެ ތެރޭގައި، ފުލުހުންގެ ނަން ކޮމިޝަންޑް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުން، އަދި އެގްޒެކްޓިވް ލެވެލްގެ ފުލުހުން ހިމެނޭ ކަމަށްވެސް ފުލުހުން ބުންނެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދާތީ މި މައްސަލައިގައި ޝާމިލްވާ ފުލުހުންގެ ސީދާ އަދަދު މިވަގުތު ހާމަކުރަން ދަތި ކަމަށެވެ.

ނަމަވެސް ފަހުގެ ތާރީހެއްގައި މި މައުލޫމާތު ހާމަކުރާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.