މާލޭ އާޓިފިޝަލް ބީޗުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނީ ކާކުކަން ނޭނގޭ، އުމުރުން 50 އަހަރާއި 60 އަހަރާ ދެމެދުގެ ފިރިހެނަކު އާޓިފިޝަލް ބީޗު ސަރަހައްދުގައި މަރުވެފައި އޮއްވައި އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.
އަދި އެ ހޮސްޕިޓަލަށް ގެނައި އިރުވެސް އެމީހާ އޮތީ މަރުވެފައި ކަމަށާއި، އެމީހާގެ ހަށިގަނޑު މިހާރު އޮތީ އެ ހޮސްޕިޓަލުގެ އެމަޖެންސީ ރޫމުގައި ކަމަށް އޭޑީކޭ އިން މައުލޫމާތުދެއެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެނައި އިރު ލައިގެން އޮތީ ނޫ ކުލައިގެ ސޯޓެއް ކަމަށްވެސް އޭޑީކޭ އިން މައުލޫމާތުދެއެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނީ މިއަދު ހެނދުނު އެމީހާ ހޮސްޕިޓަލަށް ގެނައީ ފުލުހުން ކަމަށާއި، އެއީ ކާކުކަން އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.