ޚަބަރު

މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން މާލީ މަންފާ ހޯދިކަމުގެ ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އެ މައްސަލާގައި ހައްޔަރުކުރީ އުމުރުން 31 އަހަރުގެ ފިރިހެން ފުލުހެއް ކަމަށެވެ. އަދި ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކުރި އެ މީހާގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް ހައްޔަރުކުރީ ކޮން ރޭންކެއްގެ ކޮން ޑިޕާޓްމަންޓެއްގައި މަސައްކަތް ކުރާ މީހަކު ކަމެއް އަދި އެ ފުލުސް މީހާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކުރަން އުޅުނު ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ، އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.