ޚަބަރު

ހޯމް މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ ސަސްޕެންޑުކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

ހޯމް މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ އިބްރާހީމް ހަމީދު، ސަސްޕެންޑުކޮށްފިއެވެ.

ހަމީދު ސަސްޕެންޑް ކުރިކަން ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ ''ވަން'' އަށް ކަށަވަރު ކޮށްދެއްވައިފައެވެ.

އެނގިފައިވާ ގޮތުގައި އޭނާ ސަސްޕެންޑްކުރީ މަގާމުގެ ނުފޫޒު ބޭނުންކުރުމާއި ޖިންސީ ފުރައްސާރައިގެ ތުހުމަތެއްގައި މީގެ ދެ ދުވަސް ކުރިންނެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތައް ސިވިލް ސާވިސް ކޮމިޝަނުން ބަލަމުންދާކަމަށް މައުލޫމާތު ލިބެއެވެ.

އެކަމާއި ގުޅިގެން ކަމާބެހޭ އިދާރާއަކުން މިހާތަނަށް ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.