ޚަބަރު

ރާއްޖޭގެ ސަލާމަތީ މަޝްރަހާ ގުޅޭގޮތުން ސިފައިންނާއި ފުލުހުންގެ އިސްވެރިން މަޝްވަރާކޮށްފި

ރާއްޖޭގެ ސަލާމަތީ މަޝްރަހާ ގުޅޭގޮތުން ސިފައިންނާއި ފުލުހުންގެ އިސްވެރިން މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ބަންޑާރަކޮށީގައި މިއަދު ސިފައިންނާއި ފުލުހުންގެ އިސްވެރިން ބޭއްވި ބައްދަލު ކުރެއްވުމުގައި ރާއްޖޭގެ ސަލާމަތީ މަޝްރަހުގައި ހުރި ކަންކަންކަމުގެ އިތުރުން ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

ނަމަވެސް އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ފުލުހުންގެ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ބައިވެރިވެ ވަޑައިގެން މި ބައްދަލުވުމުގެ އެއްވެސް ތަފްސީލެއް އެމްއެންޑީއެފަކުން ވެސް ފުލުހަކުން ވެސް ހާމައެއް ނުކުރެއެވެ.

މި ބައްދަލުވުމުގައި އެމްއެންޑީއެފްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނެވެ.

ފުލުހުންގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެލެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި އެ މުއައްސަސާގެ އިސް އޮފިސަރުންނެވެ.