ޚަބަރު

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ގާޒާގެ ހޮސްޕިޓަލުތައް މަރާމާތު ކުރަން ފަށައިފި

މަރިޔަމް ޝަހުދާ

ދިވެހިން ޣާޒާއަށް ފޮނުވި އެހީ ބޭނުންކޮށްގެން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ގާޒާ ހޮސްޕިޓަލުތައް މަރާމާތު ކުރަން ފަށައިފިއެވެ.

އައިއޭސީން ބުނީ، އެ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން މިހާރު ކުރަމުން އަންނަނީ ބޮޑެތި ގެއްލުން ނުލިބިފައި ހުރި ތަންތަން ކުރިން ހުރި ގޮތަށް މަރާމާތު ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އިތުރު އާ ކޮޓަރި އެޅުމާއި ހޮސްޕިޓަލަށް ބޭނުންވާ އެކި ބޭހާއި މެޝިންތައް ހޯދުމުގެ މަސައްކަތް ކަމަށް ވެސް ކުރަމުން އަންނަ ކަމަށް އައިއޭސީން ބުނެއެވެ.

އައިއޭސީން ބުނީ، މިއަހަރު ތެރޭގައި އެފަދަ މުހިއްމު އެކި ޕްރޮޖެކްޓުތައް އެ ޖަމިއްޔާއިން ހިންގާފައިވާ ކަމަށެވެ.

މިދިޔަ އަހަރު އައިއޭސީ އިން ވަނީ ''ލޯތްބާއެކު''ގެ ނަމުގައި ރާއްޖޭގައި ކާމިޔާބު ކެމްޕެއިނެއް ކުރިއަށް ގެންގޮސްފައެވެ. އަދި މި ކެމްޕެއިންގެ ދަށުން އެ ޖަމިއްޔާއިން ވަނީ ގާޒާގައި ހާލުގައި ޖެހިފައިވާ 1،000 އާއިލާއަށް ކެއުން ފޯރުކޮށްދީފައެވެ.