ޖަޕާނުގެ ސަގާފީ މާ އަތުރާ ގޮތް، ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ބައްލަވާލައްވައިފިއެވެ.
ޖަޕާނުގެ ސަގާފީ މާ އަތުރާގޮތް، ނުވަތަ ޖަޕާނު ބަހުން ނަމަ "އިކޭބަނާ" ބައްލަވައިލެއްވުން އޮތީ ޖަޕާނުގެ ވެރިރަށް ކަމުގައިވާ ޓޯކްޔޯގައި ހުންނަ އަކަސަކަ ޕެލެސްގައެވެ.
މި މަސައްކަތް ކުރިއަށްދާ ގޮތް ފަސްޓްލޭޑީ ފަޒްނާ ބައްލަވައިލެއްވީ މިއަދު އެވެ. އެގޮތުން ފަސްޓް ލޭޑީ ވަނީ އެ މަސައްކަތް ބައްލަވައިލައްވައި، މަސައްކަތުގައި ބައިވެރިވެވަޑައިގެންފައެވެ.
ރައީސުލްޖުމްހުރިއްޔާގެ ދެކަނބަލުން މިހާރު ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ޖަޕާނު ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
މި ދތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިއަދު ޖަޕާނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ދެގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ.